ދިވެހިރާއްޖޭގައި އިންޓަރނެޓްގެ ބަރަހަނާ ވެބްސައިޓްތަކަށް ނުވަދެވޭ ގޮތަށް ހަދައިފިއެވެ.
ނިއުސްލެބަށް މަޢުލޫމާތުދެމުން ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ ބަރަހަނާ ސައިޓްތައް ބޭން ކުރުމަކީ މިސަރުކާރުން ވެރިކަމަށް އައި އިރުވެސް ކުރަން ނިންމާފައިވާ ކަމެއް ކަމަށެވެ. އަދި އިއްޔެގެ ވަގުތެއްގައި ކޮމިއުނިކޭޝަން އޮތޯރިޓީއިން މިމަސައްކަތް ފަށްޓަވާފައިވާނެކަމަށެވެ.
ރާއްޖޭގައި ބަރަހަނާ ސައިޓްތައް ބްލޮކް ކުރުމުގައި މީގެ ކުރީ ސަރުކާރުތައް މަސައްކަތް ކުރިނަމަވެސް އެކަން ކޮށްފައެއް ނުވެއެވެ. ސާޗް އިންޖީންތައް ބޭނުންކޮށްގެން ބަރަހަނާ ސައިޓް ހޯދުމާއި ބަރަހަނާ ސައިޓްތަކަށް ވަނުން ބްލޮކް ކުރުމަކީ ރާއްޖޭގެ އިޖްތިމާޢީ ފޭރާން ރަނގަޅުކުރުމަށް އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށްވެސް ސަރުކާރުގެ އޮފިޝަލް ވިދާޅުވިއެވެ.