ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އުތުރުގެ ރަށަކުން ހައްޔަރުކުރި ގުރުއާން ޓީޗަރުގެ މައްޗަށް އުފުލި ތިން ދައުވާ ވެސް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
މީގެ ތިން އަހަރު ކުރިންމި ޓީޗަރު ހައްޔަރު ކޮށްފައިވާނީ އޭނާ ކައިރިއަށް ގުރުއާން ކިޔަވަންދާ ދަރިވަރުންނަށް ޖިންސީ ގޯނާ ކުރަމުންދާ ކަމަށްތުހުމަތުކޮށްފަ އެވެ.
އޭނާ ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވީ ނަމަވެސް 2021 ވަނަ އަހަރުގެ ތެރޭގައި އޭނާ ބަންދުން ދޫކޮށްލަން އަމުރުކުރި އެވެ. ފަހުން ހައިކޯޓުން ވަނީ އެ އަމުރު ބާތިލްކޮށް، އަލުން ބަންދު ކުރަން އަމުރުކޮށްފަ އެވެ
މި މައްސަލާގައި ދައުލަތުން ވަނީ ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ތިންދައުވާކޮށްފަ އެވެ. ނަމަވެސް، އެ ތިން ދައުވާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށް ކަނޑައަޅައި އިއްޔެކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.