އދ. ދިގުރަށުގައި ވިހެއުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނު ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެއްދުމަށްޓަކައި އިންޑިޔާއަށް ފޮނުވައިފިއެވެ.
ވިހެއި އެ ކުއްޖާ އެއްލާލި މައްސަލައިގައި އެރަށު ގެސްޓު ހައުސްގައި މަސައްކަތްކުރާ އުމުރުން 30 އަހަރުގެ ލަންކާގެ އަންހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އަދިއަންހެން މީހާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
އެ ރަށު ކައުންސިލުން ގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާ ފެނުނީ އެރަށު ގެސްޓު ހައުސަކުން ނެރުނު ކުނި ކޮތަޅެއްގެ ތެރެއިންނެވެ. ނަމަވެސް އެއްވެސް އަނިޔާގެ ނިޝާނެއް ހަށިގަނޑުގައި ފެންނާކަށް ނެތް ނަމަވެސް އެ ކުއްޖާ މަރާލީ ނޭވާ ހާސްކޮށްގެން ކަމުގެ އަޑުތައް ރަށުތެރޭ ވަނީފެތުރިފައެވެ.