ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުސަތު އެޕާޓީން ހުޅުވާލައިފިއެވެ.
ޖުމްހޫރީ ޕާޓިއިން ނެރުނު ނޫސްބަޔާނެއްގައި ވާގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތު ފުރިހަމަވާ އަދި ކަމަށް ޤާބިލް ފަރާތްތަކުން އެކަމަށް އެދި ފޯމް ހުށަހެޅުއްވުމަށް ވަނީ މިމަހުގެ 12 ގައި ވަނީ ފުރުސަތު ހުޅުވާލާފައެވެ. 26 ޑިސެމްބަރުގެ ކުރިން ޝައުޤުވެރިކަން ފާޅުކޮށް ފޯމް އަދި އެހެނިހެން ގުޅޭ ލިޔެކިޔުން ހުށައެޅުމުން އެފަރާތްތަކުގެ ކެނޑިޑެންސީ ކަށަވަރުކުރާނީ ޖުމްހޫރީ ޕާޓީގެ ކައުންސިލުންނެވެ.
ޖުމްހޫރީ ޕާޓީގެ އިތުރުން އެމްޑީޕީ އަދި ސަރުކާރު ހިންގާ ކޯލިޝަނުންވެސް ވަނީ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ޕްރައިމަރީއަށް ފުރުސަތު ހުޅުވާލާފައެވެ.