ކުވޭތުގެ އަމީރު ނަވާފް އަލް އަހުމަދު އަލްޖާބިރު އައްސަބާހް އަވަހާރަވުމާ ގުޅިގެން މިރޭ ރާއްޖޭގައި ގައިބަށް ކަށުނަމާދުކުރަން ނިންމައިފި އެވެ.
ނަވާފު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ފަހުންނެވެ. މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އެމަޖެންސީގައި ނަވާފަށް ފަރުވާދިން ނަމަވެސްސީދާ ސަބަބެއް ހާމައެއް ނުކުރެ އެވެ.
އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއްވާފައި ގޮތުގައި ކުވޭތަކީ ރާއްޖެއާ ނުހަނު ގާތް ގުޅުމެއް އޮންނަ ގައުމެއް ކަމުން އަމީރުގެ މައްޗަށް ގައިބަށް ކުރެވޭކަށުނަމާދު މާދަމާ ރޭ އިޝާ ނަމާދުގެ ފަހުން އިސްލާމީ މަރުކަޒުގައި އޮންނާނެއެވެ. މިނިސްޓްރީން ވަނީ އެ ނަމާދުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށްއެދިފަ އެވެ.
އުމުރު 86 އަހަރުގައި ނަވާފު އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި ރާއްޖޭގެ ގައުމީ ދިދަ ބައި ދަނޑިއަށް ތިރިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސްވަނީ ނިންމަވައިފަ އެވެ.