-Advertisement-

-Advertisement-

‎2 ރަށެއްގެ ކައުންސިލް ބައި-އިލެކްޝަން ޕީޕީއެމް ކާމިޔާބުކޮށްފި

ތިން ރަށެއްގައި އިއްޔެ ބޭއްވި ކައުންސިލް ބައިއިލެކްޝަންގެ ތެރެއިން ދެ ރަށެއްގެ ކައުންސިލު ގޮނޑިތައް ޕީޕީއެމް އިން ކާމިޔާބު ކޮށްފި އެވެ.

މިއަދު ބައިއިލެކްޝަން ބާއްވާފައިވަނީ ހއ.ކެލާ، ނ.މާފަރު އަދި އދ.ހަންޏާމީދޫގަ އެވެއޭގެތެރެއިން ކެލާ، ހަންޔާމީދޫ އަދި މާފަރުގައި އޮތީ ކައުންސިލްމެމްބަރުން ހޮވުމެވެ. މީގެ އިތުރުން މާފަރުގައި އޮތީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރު ހޮވުމެވެ.

ކައުންސިލް މެމްބަރުކަމުގެ ގޮނޑި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުކަމުގެ ގޮނޑިވެސް މާފަރުގައި ބޭއްވި ބައިއިލެކްޝަނުގައިކާމިޔާބު ކުރީ ޕީޕީއެމް އެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރު ކަމުގެ ގޮނޑި ކާމިޔާބު ކުރީ ޕީޕީއެމްގެ ކެންޑިޑޭޓެވެ.

ކެލާގައި ބޭއްވި އިންތިހާބުގައި ވެސް އެމްޑީޕީއާ ވާދަކޮށް މެމްބަރުކަމުގެ ގޮނޑި ކާމިޔާބުކުރީ ޕީޕީއެމްގެ ކެންޑިޑޭޓެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-