-Advertisement-

-Advertisement-

އެފްއޭއެމްގެ އިންތިޚާބު ޖެނުއަރީއަށް ތާވަލުކޮށްފި

އެފްއޭއެމް ގެ އާ ޖެނެރަލް ސެކެޓްރީ ޖައުޝަން (ކ), އަދި ކުރީގެ ޖެނެރަލް ސެކެޓްރީ ޖަވާޒް (ވ). ފޮޓޯ; މިހާރު

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޚާބު އަންނަ ޖެނުއަރީމަހު 31 ގައި ބޭއްވުމަށް އެފްއޭއެމް ގެ ހިންގާ ކޮމިޓީއިން ނިންމައިފިއެވެ.

މިއަދު ބޭއްވުނު އެފްއޭއެމް ހިންގާ ކޮމިޓީގެ 20 ވަނަ ބައްދަލުވުމުން ނިންމީ އެ އިދާރާގެ އަސާސީ ޤަޥާއިދާއި އެއްގޮތްވާ ގޮތުގެ މަތީން 45 ދުވަހުގެ ތެރޭގައި އިންތިޚާބު ބޭއްވުމަށެވެ. މިގޮތުން އިންތިޚާބުގައި ވާދަކުރައްވަން ބޭނުންވާ ފަރާތްތައް މިމަހުގެ 27 ގެ 14:00 ގެ ކުރިން ޝައުޤުވެރިކަން ފާޅުކޮށް އެއިދާރާއަށް ލިޔެކިޔުން ހުށަހެޅުމަށް އެއިދާރާގެ އިޢުލާނުގައި ބުނެފައިވެއެވެ.

އެފްއޭއެމްގެ ހާލަތު ވަރަށް ދަށްވެ މުސާރަނުދެވި ހުރުމުގެ ސަބަބުން ފީފާއިން ވަނީ ވަރަށް ފަހުން އެފްއޭއެމްއަށް 1 ލައްކަ ޑޮލަރު ދީފައެވެ. އަދި މީގެ އިތުރުން ފަހުގެ ތާރީޚެއްގައިވެސް އިތުރު ފައިސާ ދޭނެކަމަށް ފީފާއިން ވަނީ ބުނެފައެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އަދި އެއިދާރާގެ އިސް ވެރިންގެ މައްޗަށް ކޮރަޕްޝަނާއި އިދާރާގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ތުހުމަތު ކުރެވި، ބައްސާމްގެ ޕާސްޕޯޓްވެސް މިހާރު ވަނީ ހިފަހައްޓާފައެވެ. އަދި ބައްސާމްގެ އިތުބާރުނެތްކަމުގެ މައްސަލަ ވެއްދުމަށް ސޮއި ހޯދަން ފަށާފައިވާކަމަށް އެފްއޭއެމްގެ ކުރީގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ތޯރިޤު ވަނީ މިދިޔަ ހަފްތާގައި ބުނެފައެވެ. ތޯރިޤް އަކީ އެފްއޭއެމް އިންތިޚާބުގައި ރައީސްކަމަށް ވާދަކުރައްވާނެކަން އިޢުލާން ކުރެއްވާފައިވާ ފަރާތެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-