-Advertisement-

-Advertisement-

ބަންގްލަދޭޝްގެ ލޭބަރުން ގެނައުމަށް ހުއްދަދީފި

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ މިނިސްޓަރ ކެޕްޓަން އަލީ އިހުސާން. ފޮޓޯ: ރައީސް އޮފީސް

ހަތަރު އަހަރަށްފަހު އަނެއްކާވެސް ބަންގްލަދޭޝްގެ ރައްޔިތުން ވޯކް ވިސާގެ ދަށުން ގެނައުމަށް މިއަދު މިނިސްޓްރީއޮފް ހޯމްލޭންޑް އިން ހުއްދަދީފިއެވެ. އަދި މިނިންމުމުގެ ދަށުން އެހެން ޤައުމުތަކުން އަންސްކިލްޑް ލޭބަރުން ގެނައުން ވަނީ މަޑުޖައްސާލާފައެވެ.

ކުރީ ސަރުކާރުން ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހިންގި ޚާއްސަ މަސައްކަތުގެ ތެރެއިން ބަންގްލަދޭޝްގެ އަންސްކިލްޑް ލޭބަރުން ރާއްޖެ އައުން ހުއްޓުވިއެވެ. އޭރު އިކޮނޮމިކް މިނސްޓްރީއިން ބެލި ބެލުމުން ރާއްޖޭގައި 139،000 އަށްވުރެ ގިނަ ބަންގްލަދޭޝް ރައްޔިތުން އެކިދާއިރާތަކުގެ މަސައްކަތުގައި އުޅެމުންދާކަން ހާމަވިއެވެ.

ހޯމްލޭންޑް މިނިސްޓްރީގެ މިނިންމުމަށް ކުރީސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ވަނީ ވަރަށްބޮޑަށް ފާޑު ވިދާޅުވެފައެވެ. މިގޮތުން ފައްޔާޒް ވިދާޅުވީ ހޯމްލޭންޑް މިނިސްޓްރީގެ ނިންމުމަކީ ޤާނޫނާއި ޚިލާފް ނިންމުމެކެވެ.

ވަޒީފާއާއިބެހޭ ޤާނޫނުގައި ބުނާގޮތުން އެންމެ ގިނަވެގެން ރާއްޖޭގައި ވޯކްވިސާގައި އުޅެވޭނީ އެއްޤައުމަކުން 100،000 މީހުންނަށެވެ. ނަވަވެސް މިހާރުވެސް އެއަދަށްވުރެ ގިނައިން ރާއްޖޭގައި ބަންގްލަދޭޝް ރައްޔިތުން އުޅެމުން ގެންދެއެވެ.

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީއިން މިނިންމި ނިންމުން ފައްޔާޒް ސިފަކޮށްފައިވަނީ ޤައުމީ ސަލާމަތް އަދި ރައްޖޭގެ އިގްތިސާދާއި އިޖްތިމާޢީ ފޭރާމަށް ހުރި ވަރަށް ބޮޑު ނުރައްކަލެއް ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-