-Advertisement-

-Advertisement-

2 ހަފުތާ ތެރޭގައި 5 މިލިއަން ރުފިޔާއަށް ވުރެ ގިނަ ޑްރަގް އަތުލައިގަނެ ، ގިނަ ބިދޭސީން ތަކެއް ހައްޔަރަށް

ފޮޓޯ: ދަ ޕްރެސް އެމްވީ

މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރަން އުފެއްދި ޓާސްކް ފޯސްގެ އޮޕަރޭޝަންގައި ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެއްޗާއި ބަނގުރާ އަތުލައިގަނެ އަދި ގާނޫނާ ހިލާފު 53 ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރަން އުފައްދާފައިވާ ޓާސްކް ފޯހުގައި ތިބެނީ ފުލުހުންނާއި އިމިގްރޭޝަނާއި ކަސްޓަމްސް އަދި ކަރެކްޝަންސްގެ އިސްވެރިންނެވެ.

ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން، “އެކްސް”ގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަތަރު އިދާރާއެއް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ޓާސްކްފޯސް އިން މިދިޔަ ދެ ހަފުތާގެ ތެރޭގައި ހިންގި އޮޕަރޭޝަންތަކުން 5.5 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި ބަނގުރާ އަތުލައިގެންފައިވާ ކަމަށާއި މީގެ އިތުރުން ގާނޫނާ ހިލާފުވި ކަމުގެ ކުށުގައި ވެސް 53 ބިދޭސީއަކު ބަންދުކޮށްފައިވާ ކަމަށެވެ. މި މަސްތުވާ ތަކެއްޗާއި ހިފަހައްޓާފައިވާ ބިދޭސީންނާއި ގުޅުމެތް ނެތް ކަން ޕޯސްޓުން އެނގިގެންދެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-