-Advertisement-

-Advertisement-

މިއަދުވެސް ވަޒީރުންނަށް ރުހުންދިނުން ކެންސަލް

މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް. ފޮޓޯ: މަޖިލީސް އިދާރާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓްގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އަނެއްކާވެސް މަޖިލީހުން ފަސްކޮށްފިއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރެވުނު ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ ލަސްކުރަން ޖެހުނީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ނިޒާމީ ނުކުތާއަކާ ގުޅިގެންނެވެ. މިގޮތުން ހިސާން ފާހަގަކުރެއްވީ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާ ވުޒާރާތަކާއި ވުޒާރާތަކުގެ މަސައްކަތުގެ މެންޑޭޓް ފާސްކުރަން މަޖިލީހަށް ފޮނުވަން ޖެހޭނެކަމަށެވެ.

ވުޒާރާތަކުގެ މަސައްކަތް ސާފުނުވެ ވަޒީރުންގެ ޝަރުތު ހަމަވާ ކަމަށް ކޮމިޓީއިން ނިންމާފައިވާ ނިންމުން ރަނގަޅު ނޫންކަމަށް ނިންމައި މައްސަލައިގެ ރިޕޯޓް ވަނީ އަލުން ކޮމިޓީއަށް ފޮނުއްވާފައެވެ.

ކޮމިޓީ ރިޕޯޓް އަނބުރާ ފޮނުވާލެއްވުމަށް މަޖިލީސް ރައީސް ނިންމެވީ ޤަވާއިދާ ޚިލާފަށް ކަމަށް ބައެއް މެންބަރުން ވިދާޅުވި ނަމަވެސް މަޖިލިސް ރައީސް ވަނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރާއި މަޝްވަރާކުރެއްވުމަށްފަހު މައްސަލައިގެ ރިޕޯޓް އަނބުރާ ކޮމިޓީއަށް ފޮނުއްވުމަށް ނިންމަވާފައެވެ.

ވަޒީރުންނަށް ރުހުން ދިނުން އަދި ނުނިމޭތީ ރައްޔިތުންގެ މަޖިލީހުގެ ދައުރު އަނެއްކާވެސް މިވަނީ ދިގު ދަންމަވާލައްވަން މިއަދު ޖަލްސާގައި ވޯޓަށް އަހާނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-