-Advertisement-

-Advertisement-

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ޝުޖާއު އާއި ނަވީން ކުރިމަތިލައްވައިފި

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އެސިސްޓެންޓް ކޮމިޝަނަރު އަލީ ޝުޖާއު އާއި އެސިސްޓެންޓް ކޮމިޝަނަރު އިސްމާއިލް ނަވީން ކުރިމަތިލައްވައިފި އެވެ.

ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ހުށަހެޅުއްވުމަށް ހުޅުވައިލުމުން ފޯމު ހުށަހެޅުއްވީ އޭސީޕީ ޝުޖާއު އާއި ނަވީން ކަމަށެވެ. އަދި އެ ދެބޭފުޅުންގެ ނަން ޕޮލިސް ބޯޑަށް މިހާރު ފޮނުއްވާފައިވާ ކަމަށެވެ. ފުލުހުންގެ ހިދުމަތުގެ ގާނޫނު ބުނާގޮތުން ޕޮލިސް ކޮމިޝަނަރު ކަމަށް ނަގަން ޖެހެނީ އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުން ފެށިގެން މަތީގެ ރޭންކުގެ ބޭފުޅެކެވެ.

ޕޮލިސް ކޮމިޝަނަރު ކަމަށް ބޭފުޅަކު ކަނޑައަޅަނީ ގާނޫނުގައިވާ ގޮތުން ޕޮލިސް ބޯޑުން ވަޒަންކޮށް، މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމު މިދިޔަ ނޮވެމްބަރު މަހުގެ 15 އިން ފެށިގެން ހުސްވީ އެ މަގާމުގައި ހުންނެވި މުހައްމަދު ހަމީދު ފުލުހުންގެ ހިދުމަތުން އެ ދުވަހު ރިޓަޔާ ކުރެއްވުމުންނެވެ. މިހާރު އެކްޓިން ކޮމިޝަނަރުގެ މަގާމު މިހާރު ފުރުއްވަނީ އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-