-Advertisement-

-Advertisement-

ރައީސް ޑރ. މުޢިއްޒު، ޑިމޮކްރެޓްސްގެ ލީޑަރާއި ބައްދަލުކުރައްވައިފި

ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފްއާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވަނީ – ފޮޓޯ: ރައީސް އޮފީސް

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފްއާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ބައްދަލުވުމުގެ މަޤްސަދެއް އަދި ބައްދަލުވުމުގައި ދެކެވުނު ވާހަކައެއްވެސް ރައީސް އޮފީހުން ހާމަކޮށްފައި ނުވެއެވެ. ރާއްޖޭގި ސިޔާސީ މައިދާނުގެ އިސް ބޭފުޅުންނާއި ރައީސުލްޖުމްހޫރިއްޔާ މިއަދު ބައްދަލުކުރައްވަމުން ގެންދަވާއިރު، ހަސަން ލަތީފްއަކީ މިއަދު ބައްދަލުކުރެއްވި 4 ވަނަ ލީޑަރެވެ.

ޖުމްހުރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް އާއި އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމް އާއެކު ރައިސުލުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވަކިވަކީން ބައްދަލުކުރައްވާފައެވެ.

ބެލެވޭ ގޮތުގައި ރައީސްގެ މިބައްދަލުވުންތަކަކީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލާގައި އިދިކޮޅު އެމްޑީޕީއާއި ޚިޔާލުތަފާތުވުން އުފެދިފައިވުމާއި، ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ ވާހަކަތައް އެމްޑީޕީ ތެރޭގައި ބާރަށް ދެކެވެން ފެށިފައިވުމުން މިކަންކަމާ ކުރިމަތިލެއްވުމަށްޓަކައި ސިޔާސީ ލީޑަރުންގެ ލަފާ ނުވަތަ އެހީ ހޯއްދެވުމެވެ. ނުވަތަ މިޕާޓީތަކާއެކު ވަގުތީ ކޯލިޝަނެއް ހެދުމަކީވެސް ދުރުގައިވާކަމެއް ނޫނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-