-Advertisement-

-Advertisement-

ކުޅުދުއްފުށީގައި ފައިލޭރިއާ ފެތުރެނީ

ކިއުލެކްސް މަދިރި – ފޮޓޯ: ސީޑީސީ

މަދިރީގެ ޒަރިއްޔާއިން ފެތުރޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ ފައިލޭރިއާ ކުޅުދުއްފުށީގައި ފެތުރެމުން އެބަދެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފައިލޭރިއާ ބަލިހުރި ބިދޭސީންތަކެއް ކުޅުދުއްފުށިން ފެނުނު ފަހުން މިހާތަނަށް ޖުމްލަ 25 ފަރާތެއް ފައިލޭރިއާއަށް ޕޮޒިޓިވް ވެފައިވާކަމަށް ކުޅުދުއްފުށީ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އެއިޑްސް ދުވަސް ފާހަގަކުރުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބޭއްވި ހެލްތް ކޭންޕްގައި ޓެސްޓްކުރި ބިދޭސީންތަކެއް ފައިލޭރިއާއަށް ޕޮޒިޓިވްވުމުގެ ސަބަބުން ކުޅުދުއްފުށީ ހޮސްޕިޓަލާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ގުޅިގެން ކުޅުދުއްފުއްޓާއި ކައިރި ރަށްތަކުގައި ފައިލޭރިއާއަށް މީހުން ޓެސްޓް ކުރަން ފަށާފައިވެއެވެ.

ފައިލޭރިއާއަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބައްޔެކެވެ. ހަޑިފެނުގައި އުފެދޭ ކިއުލެކްސް މަދިރީގެ ފުށުން ފެތުރޭ މިބަލި ރާއްޖެއިން އެންމެ ފަހުން ފެނިފައިވަނީ 2004 ވަނައަހަރު ލ. ފޮނަދޫއިންނެވެ. 2016 ގައި ރާއްޖެއިން ފައިލޭރިއާ ނައްތާލެވިފައިވާ ކަމުގެ ސެޓްފިކެޓް ވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ ދީފަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-