-Advertisement-

-Advertisement-

‎ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ތާވަލު ކުރި ކޮމިޓީ ކެންސަލް

ރައްޔިތުގެ މަޖިލީހުގެ 2023 ވަނަ އަހަރު ތިންވަނަ ދައުރުގެ 2 ވަނަ ޖަލްސާގެ ތެރެއިން – ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައާ ގުޅޭގޮތުން މިއަދު ބާއްވަން ތާވަލު ކުރި ކޮމިޓީ ބައްދަލުވުން ކޯރަމް ހަމަނުވެގެން ކެންސަލް ކޮށްފި އެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައާ ގުޅޭގޮތުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މިއަދު 09:00 ގައި ކޮމިޓީބައްދަލުވުމެއް ބޭއްވުމަށް ނިންމި ނަމަވެސް، އެ ބައްދަލުވުން ކެންސަލް ވެފައިވާކަން، މަޖިލީހުގެ އިދާރާއިން މީޑިއާތަކަށް އެންގާފައިވެއެވެ.

ކޮމެޓީގެ މުގައްރިރު އަދި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު، މުހައްމަދު ފަހާލު ވިދާޅުވީ ކޮމެޓީގެ ބައްދަލުވުން ކެންސަލްކުރީ ކޯރަމް ހަމަ ނުވެގެން ކަމަށެވެ.

ފަލާހު ވިދާޅުވި ގޮތުގައި ކޮމެޓީ ބައްދަލުވުން ފެށުމަށް ހަތަރު މެމްބަރުން ތިއްބަވަން ޖެހެ އެވެ. އަދި ކޮމެޓީ ވޯޓެއް ނެގުމަށް ހަ މެމްބަރުންގެ ކޯރަމްއެއްބޭނުންވެ އެވެ.

އެހެންނަމަވެސް، މިއަދު ކޮމެޓީ ބައްދަލުވުން ފެށުމަށް ހާޒިރުވެ ތިއްބެވީ އެންމެ ތިން މެމްބަރުން ކަމަށް ފަލާހު ވިދާޅުވި އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-