-Advertisement-

-Advertisement-

ހުޅުމާލެއިން ފައިލޭރިއާ ޖެހިފަހުރި ބިދޭސީއެއް ފެނިއްޖެ

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންތަކެއް ޖުމްހޫރީ މައިދާނުގައި – ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް

މަދިރީގެ ޒަރިއްޔާއިން ފެތުރޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ ފައިލޭރިއާ ޖެހިފައި ހުރި ބިދޭސީއަކު މާލެސިޓީ ހުޅުމާލެއިން ފެނިއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން މަޢުލޫމާތު ދޭގޮތުގައި އިއްޔެ ހުޅުމާލޭގައި ބޭއްވުނު އިމިގްރެންޓް ފެއާގައި ޓެސްޓް ކުރެވުނު ބިދޭސީއެއް ފައިލޭރިއާއަށް ވަނީ ޕޮޒިޓިވް ވެފައެވެ.

ކުޅުދުއްފުށި ސިޓީއިން ފައިލޭރިއާ ޖެހިފައި ތިބި 25 މީހުން ފެނުމާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ދަނީ ފައިލޭރިއާ ފެތުރިފައިވޭތޯ ޔަޤީންކުރުމުގެ ގޮތުން އެކި ރަށްރަށުގައި ފައިލޭރިއާއަށް ބިދޭސީން ޓެސްޓް ކުރަމުންނެވެ. މިގޮތުން އިއްޔެ ހުޅުމާލޭގައި އެޗްޕީއޭއިން ނެގި 13 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވް ވީ 1 ސާމްޕަލް ކަމަށް އެ އެޖެންސީއިން މަޢުލޫމާތު ދެއެވެ.

ރާއްޖެއިން ފައިލޭރިއާ މުޅިން ނައްތާލެވިފައިކަމަށް 2016 ގައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ވަނީ ނިންމާފައެވެ. އެފަހުން ފައިލޭރިއާ ފެނިފައި މިވަނީ ރާއްޖޭއާއި ކައިރި ޤައުމުތަކުން ރާއްޖޭގައި ވަޒީފާއަށް އަންނަ ބިދޭސީންގެ ފަރާތުން މިހިނގާ ޑިސެމްބަރ މަހުއެވެ. އެޗްޕީއޭއިން ބުނިގޮތުގައި މި ބަލި ޖެހިފައިވާ މަސައްކަތްތެރިން ނިސްބަތް ވަނީ އިންޑިއާގެ ބިހާރާއި އުއްތަރު ޕްރަދޭޝް އާއި ގޯޕާލްގަންޖާއި ޓަމިލް ނާޑޫގެ އިތުރުން ބަންގްލަދޭޝްގެ ކުމިލާއަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-