-Advertisement-

-Advertisement-

މޫކޭ ވެސް މަޖިލީހަށް ވާދަކުރަނީ

މޫސާ އަލިމަނިކު (މޫކޭ) އެމްޑީޕީ ޕޯޑިއަމެއްގައި ވާހަކަދައްކަނީ – ފޮޓޯ: ވޮއިސް

ކުރީ ސަރުކާރުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުކަން ކުރެއްވި މޫސާ އަލި މަނިކު (މޫކޭ) ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވައިފި އެވެ.

އެމްޑީޕީގެ ޓިކެޓްގައި މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާއަށް ވާދަކުރެއްވުމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން މޫސާ އަލިމަނިކު (ވަޑި މޫކޭ) އިޢުލާން ކުރެއްވީ މިއަދު އެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި މަޖިލީހަށް ވާދަކުރައްވާނެކަން އިޢުލާން ކުރައްވަމުން މޫކޭ ވަނީ ހުޅުމާލެ އުތުރ ދާއިރާ (ހުޅުމާލެ ފޭސް 2 ހިމެނޭ ދާއިރާ) އަށް ދިރުން ގެނެސް ދެއްވާނެ ކަމަށެވެ.

މާތް ﷲ ގެ ވާގިފުޅާއި އެކު ހުޅުމާލެ “ފޭސް ދޭކަށް ދިރުން” ގެނެސް އަސާސީ ޙައްޤުތައް ހޯދައިދިނުމަށް ބިރެއް، އިމެއްނެތި ވަކާލާތު ކުރުމަށާއި، ކޮޅެއް މެދެއް ނުފެންނަ މާލޭ ދަފްތަރަކީ މާލޭގެ ރައްޔިތުންގެ ގޮތުގައި ބަލައިގަތުމާއި އެކު “ދަފްތަރަށް ޤާނޫނީ ފަރުވާއިން” ދާއިމީ ޙައްލެއް ގެނެސްދިނުމަށް އަޅުގަނޑު މިހުރީ ތައްޔާރަށްކަން ތިޔަ އެންމެ ބޭފުޅުންނަށް ކަށަވަރުކޮށްދެމެވެ.

އެމްޑީޕީގެ މަޑުއްވަރީ ދާއިރާގެ ރައީސްކަން އަދި އެމްޑީޕީގެ ޤައުމީ މަޖިލީހުގެވެސް މެންބަރުކަން ކުރައްވާ މޫސާ އަލިމަނިކު ވަނީ 2019 ގައި ބޭއްވުނު އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ވާދަކޮށްފައެވެ. ނަމަވެސް އެފަހަރު ޕްރައިމަރީ ޓިކެޓް މޫކޭ އަށް ކާމިޔާބުވާގޮތެއް ނުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-