-Advertisement-

-Advertisement-

ދެމައިން މަރުވި މައްސަލަ ހެލްތް މިނިސްޓްރީން ބަލަނީ

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް – ފޮޓޯ: އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް

މިދިޔަ ބުދަ ދުވަހު ނިޔާވި ރ. ވާދޫ، މަރިޔަމް ސާނިޔާ އަދި ވިހެއުމުގެ ތެރޭގައި މިދިޔަ ސެޕްޓެމްބަރުގައި ނިޔާވި އޭނާގެ ތުއްތު ދަރިފުޅުގެ ކަންކަމުގައި ރ. އުނގޫފާރު ހޮސްޕިޓަލުން އިހުމާލުވެފައިވާކަމުގެ ތުހުމަތުގައި ހެލްތް މިނިސްޓްރީން އެމައްސަލަ ބަލަން ފަށައިފިއެވެ.

ދަރިފުޅު ވިހެއުމަށް އުނގޫފާރު ހޮސްޕިޓަލުގައި ބޭއްވި ދުވަސްވަރު، ސާނިޔާއަށް ދޭންޖެހޭ ބޭސްފަރުވާ ނުދީ، ހޮސްޕިޓަލުން އިޙުމާލުވެފައިވާ ކަމަށާއި، ސާނިޔާއާއި ބަނޑުގައި އޮތް ދަރިފުޅު ނިޔާވުމުގައި އުނގޫފާރު ހޮސްޕިޓަލުން އިހުމާލުވެފައިވާ ކަމަށް ބުނެ ސާނިޔާގެ އާއިލާގެ ފަރާތުން މިނިސްޓްރީއަށް ވަނީ ޝަކުވާ ހުށަހަޅާފައެވެ.

ދަރިފުޅު ނިޔާވުމަށްފަހު، ސާނިޔާގެ ހާލު ދެރަވެގެން އިތުރު ފަރުވާއަށް ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލަށް ގެނެވުނެވެ. އޭރު ސާނިޔާގެ ސިކުނޑިއާއި ހިތާއި ކިޑްނީ މަސައްކަތް ނުކުރާ ކަމަށް ޓްރީޓޮޕުން ބުނެފައި ވެއެވެ.

އުނގޫފާރު ހޮސްޕިޓަލުގައި އޮތްއިރު، ދަރިފުޅު ނަގައި ދިނުމަށް އާއިލާގެ ފަރާތުން ތަކުރާރުކޮށް އެދުނު ނަމަވެސް ހޮސްޕިޓަލުން ބުނެފައިވަނީ ހާސްނުވުމަށާއި ނޯމަލް ޑެލިވަރީއެއް ކުރެވޭނެ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-