-Advertisement-

-Advertisement-

ލަމްހާ އަލުން ޖަލަށް ބަދަލުކޮށްފި

އައިޖީއެމްއެޗްގައި ވަޒީފާ އަދާކުރަމުންދިޔަ ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރާލި މައްސަލާގައި ދައުވާކުރާ ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާ އަލުން ޖަލަށް ބަދަލުކޮށްފިއެވެ

އޮކްޓޫބަރު، 2021 ގައި, އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާ ކުރާއިރު ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާއެވެ. އަދި އިންޖެކްޝަންތަކެއް ގެންގުޅުނު ކަމަށް ބުނެ އިތުރު ދެ ދައުވާއެއް ވެސް އޭނާގެ މައްޗަށް ކުރެ އެވެ.

ލަމްހާގެ ބަލި ހާލަތަށް ރިއާޔަތް ކުރުމަށްފަހު އޭނާ ބަންދުން ދޫކޮށްލާފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. ނަމަވެސް ލަމްހާ ދޫކޮށްލި ގޮތާމެދު ހިތްހަމަ ނުޖެހިގެން ދައުލަތުގެ ފަރާތުން މި މައްސަލަ އިސްތިއުނާފް ކުރީ މި ނިމިދިޔަ ނޮވެމްބަރ މަހުގެ 27 ވަނަ ދުވަހުއެވެ.

އެ މައްސަލަ ހައިކޯޓުގައި ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގޮތުގެ މަތީން މި މަހުގެ 20 ވަނަ ދުވަހު ކުރި ހުކުމުގައި ވަނީ ލަމްހާ ބަންދުން ދޫކޮށްލަން ދަށު ކޯޓުން ކުރި ހުކުމް ބާތިލުކޮށް، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ދަށު ކޯޓުން ކުރި އަމުރު ދެމިއޮތް ކަމަށް ކަނޑައަޅާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-