-Advertisement-

-Advertisement-

މިދިޔަ އަހަރުގެ އެންމެ ހިންގުންތެރި ކައުންސިލް: އއ. ބޮޑުފުޅަދޫ ކައުންސިލް

އއ. ބޮޑުފުޅަދޫ -- ފޮޓޯ: ސޯޝަލް މީޑިއާ

2022 ވަނަ އަހަރުގެ ރާއްޖޭގެ އެންމެ ހިންގުންތެރި ކައުންސިލަކަށް އއ. ބޮޑުފުޅަދޫ ކައުންސިލް ހޮވިއްޖެއެވެ.

އިދާރީދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކޮންމެ އަހަރެއްގައިވެސް ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލް ތަކުގެ “ޕާފޯމިންގ އިންޑެކްސް” މިންކުރުމަށްފަހު ކައުންސިލްތައް ރޭންކް ކުރެވެއެވެ. ކައުންސިލްތަކުގެ ބަލަދުވެރި އިދާރާ ކަމަށްވާ ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން ކައުންސިލްތަކުގެ މަސައްކަތްތައް ބެލައި ޒިންމާދާރު ކުރުވުމަށް ލާޒިމް ކުރެއެވެ.

178 ކައުންސިލުގެ ތެރެއިން ޕާފޯމެންސް އިންޑެކްސް ބޭނުންވާ މަޢުލޫމާތާއި އޭގެ ކިތާބީ ހެކި ހުށަހަޅާފައިވަނީ 170 ރަށެއްގެ ކައުންސިލުންނެވެ. ކައުންސިލްތަކަށް ލާމަރުކަޒީ ޤާނޫނުން ލާޒިމް ކުރާ ކަންކަން ކުރާ މިންވަރާއި އޭގެ ލިތެކިޔުން ބަލަހައްޓާ މިންވަރަށް ބަލައި މާކްސް ދެވޭ “ޕާފޯމެންސް އިންޑެކްސް” އިން އއ. ބޮޑުފުޅަދޫއަށް އެއްވަނަ ލިބުނީ 0.4413 ލިބިގެންނެވެ. ޕާފޯމެންސް އިންޑެކްސް ގެ ޖުމްލަ މާކްސް އަކީ 1 އެވެ.

އެލްޖީއޭ އިން ވަނީ އަތޮޅު ކައުންސިލްތައް ވެސް ރޭންކް ކޮށްފައެވެ. މިގޮތުން ރާއްޖެއިން އެއްވަނަ އަތޮޅު ކައުންސިލަކަށް ހޮވިފައިވަނީ 0.4283 މާކްސް ހޯދައިގެން ފ. އަތޮޅު ކައުންސިލެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-