-Advertisement-

-Advertisement-

ފައިލޭރިއާ އޮތީ ކޮންޓްރޯލްގައި: މިނިސްޓަރު

ފޮޓޯ؛ ވޯލްޑް ހެލްތު އޮގަނައިޒޭޝަން

ރާއްޖެއިން ނައްތާލިކަމަށް ކަނޑައަޅާފައިވާ ފައިލޭރިއާ ޖެހިފައި ތިބި ބިދޭސީންގެ ބަޔަކު ފެނުނު ކަމުގައި ވިޔަސް ކަންބޮޑުވާންޖެހޭ ކަމެއް ނެތް ކަމަށާއި އެ ބަލި އޮތީ ކޮންޓްރޯލްގައި ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް އިއްޔެ ވިދާޅުވެއްޖެ އެވެ.

ހެލްތު މިނިސްޓަރު ވިދާޅުވީ ފައިލޭރިއާ އަކީ ފަސޭހައިން ފެތުރޭ ބައްޔެއް ނޫން ކަމަށެވެ. އެހެންކަމުން، ކޮމިއުނިޓީ ސްޕްރެޑަކަށް ދިއުމުގެ ކަންބޮޑުވުމެއް ނެތަސް، ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ފެނުމަކީ ކަންބޮޑުވުމެއް ކަމަށް ހަލީލް ވިދާޅުވި އެވެ. ރާއްޖެއިން ފައިލޭރިއާ ނައްތާލިކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައެޅީ 2016 ވަނަ އަހަރު އެވެ.

އެ ބައްޔަށް ބިދޭސީންތަކެއް ޕޮޒިޓިވްވިކަން އެނގިފައިވަނީ، ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަ ކުރުމުގެ ގޮތުން މި މަހުގެ 1 އަދި 2 ވަނަ ދުވަހު ހދ. ކުޅުދުއްފުށީގައި ބޭއްވި ސްކްރީނިންގ ޕްރޮގްރާމްގެ  ތެރެއިންނެވެ. މިހާތަނަށް 683 މީހުން ޓެސްޓުކޮށްފައިވާއިރު އިރު، އޭގެ ތެރެއިން 32 މީހަކަށް އެ ބަލި ޖެހިފައިވާކަން ވަނީ ކަށަވަރުކުރެވިފަ އެވެ.

ބަލި ޖެހިފައިވާ މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ 30 މީހަކާއި ބަންގްލަދޭޝްގެ 02 މީހެކެވެ. ގިނަ މީހުން ރާއްޖެ އައިތާ އަދި ހަ މަސް ދުވަސް ނުވެ އެވެ.

މިނިސްޓަރު ވިދާޅުވީ މިހާތަނަށް 155 ދިވެހިން ޓެސްޓުކުރި ކަމަށެވެ. އެކަމަކު، އެއްވެސް މީހަކު ޕޮޒިޓިވް ނުވާތީ، ރާއްޖެއިން ފެނުނީ އިމްޕޯޓު ކޭސްތަކެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-