-Advertisement-

-Advertisement-

އާޖެންޓީނާގެ ޒުވާން ތަރި ސިޓީ އަށް

ފޮޓޯ: މަރްކާ ޑޮޓް ކޮމް

ފީފާގެ 17 އަހަރުންދަށުގެ ވޯލްޑް ކަޕްގައި އާޖެންޓީނާގެ ޓީމުން ވިދާލި ކްލައުޑިއޯ އެޝެވޭރީ ހޯދުމުގެ ރޭހުގައި، ރެއާލް މެޑްރިޑާއި ބާސެލޯނާއަ ވާދަކޮށް މެންޗެސްޓާ ސިޓީން ކާމިޔާބު ކުރުމާ ގާތަށް ހިނގައްޖެ އެވެ.

އާޖެންޓީނާގެ 17 އަހަރުގެ މިޑްފީލްޑަރު ކުޅެމުން ދަނީ މިހާރު އެ ގައުމުގެ ރިވަޕްލޭޓަށެވެ.

އަންނަ އަހަރު ޑިސެމްބަރުގެ ނިޔަލަށް، ރިވަޕްލޭޓާ އެކު އޮތް އޭނާގެ ކޮންޓްރެކްޓް އާ ނުކުރަން އޭނާ ވަނީ ނިންމައިފަ އެވެ.

އެޝެވޭރީ ގެންދަން ރެއާލް އަށް ވުރެ ބޮޑަށް ޝައުގުވެރިވެ އަދި ސީރިއަސްކަން ބޮޑުކޮށް ފެނުނު ބާސާ އެވެ. އޭނާ ގެންދަން 33.1 މިލިއަން ޑޮލަރު ދައްކަން އެ ކްލަބުން ކުރިން އޮތީ ތައްޔާރަށެވެ.

ނަމަވެސް ބާސާއިން ވެސް މިހާރު އެ މަސައްކަތް ވަނީ ހުއްޓާލައިފަ އެވެ. އެއީ ސިޓީގެ ޕްރޮޖެކްޓަށް އޭނާ މާބޮޑަށް ޝައުގުވެރި ވާތީ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-