-Advertisement-

-Advertisement-

“މީ އެއް ގައުމެއް. އެއް ބައެއް ” – ރައީސް

ފޮޓޯ: ރަޢީސް އޮފީސް

އެކަކު އަނެކެއްގެ އަބުރަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭ ކަމަށާއި ދިވެހިންގެ މެދުގައި އޮތް ގުޅުމަށް ފަރުވާ ބޭނުންވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ރައީސްވަނީ މިހެން ވިދާޅުވެފައިއެވެ.

އެ މަނިކުފާނުގެ ވާހަކަފުޅު ފައްޓަވަމުން 2004 ގެ ސުނާމީ ހާދިސާގައި ދިވެހިން ދެއްކި އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ހަނދާން އާ ކުރައްވަމުން ރައީސް ވިދާޅުވި އެ ދުވަސްވަރު ދިވެހިން އެކަކު އަނެކަކަށް އެހީތެރިވުމަށްޓަކައި އެއްވެސް އުޖޫރައަކާ ނުލައި ރަށްރަށަށް ދަތުރު ކުރަމުން ދިޔަ ކަމަށާއި ހާލުގައި ޖެހުނު މީހުން ރަށަށް އެރުމުން ރައްޓެއްސެއް ނުވަތަ ބީރައްޓެއްސެއްތޯ ބެލުމެއް ނެތި  މަރުހަބާ ދެންނެވި ކަމަށެވެ.

އެފަދަ އެއްބައިވަންތަކަމެއް ދައްކާ ސަބަބަކީ ދިވެހިންނަކީ އެއް ބަހަކުން ވާހަކަ ދައްކައި، އެއް ނަސްލެއްގެ، އެއް ސަގާފަތްތެއްގެ އަދި ވަކިން ހާއްސަކޮށް އެއް ދީނަކަށް އުޅެމުން އަންނަ ބައެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ނަމަވެސް މިއަދު ދިވެހިންގެ އެ ސިފަތައް ހުރީ ކިހާ ހިސާބަކަށްތޯ ރައީސް ސުވާލު އުފެއްދެވި އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-