-Advertisement-

-Advertisement-

އެފްއޭއެމް އިންތިޚާބުގެ ކަންކަން ހުއްޓާލުމަށް ސްޕޯރޓްސް ކޮމިޝަނަރު އަންގަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް އަށް މަޤާމްގެ ފަތްކޮޅު އަރުއްވަނީ – ފޮޓޯ: ރައީސް އޮފީސް

އަންނަ ޖެނުއަރީ 31 ބޭއްވުމަށް އިޢުލާން ކޮށްފައިވާ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ އިންތިޚާބުގެ ކަންކަން ހުއްޓާލުމަށް ސްޕޯޓްސް ކޮމިޝަނަރު ތޮލާލް އަންގަވައިފިއެވެ.

އިންތިޚާބު ބާއްވަން ނިންމި ހިންގާ ކޮމިޓީގެ ސައްޚަކަމާއިމެދު ސުވާލުއުފައްދައި، ހިންގާ ކޮމިޓީގެ ކޯރަމް ގެއްލި ކޮމިޓީގެ ޤާނޫނީ ޙައިސިއްޔަތު ގެއްލިފައިވާކަމަށް ސްޕޯރޓްސް ކޮމިޝަރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.

ކޮމިޝަނާގެ ބަޔާނުގައި ބުނެފައިވާ ގޮތުން، އެފްއޭއެމްގެ އެކްސްކޯ އިން މިފަހުން އިސްތިއުފާ ދިން ތިން މެންބަރުން އިސްތިއުފާ ދިން ތާރީހާއި އެފްއޭއެމްގެ އިންތިހާބު އިއުލާން ކުރި ތާރީހާ މެދު ސުވާލު އުފެފޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

އެފްއޭއެމްގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ކުރީގެ ފުޓްބޯޅަތަރި އަދި މަހިބަދޫ ދާއިރާގެ މެންބަރ އަހުމަދު ތޯރިޤު (ޓޮމް) އަދި ކްލަބް އީގަލްސްގެ ސީއީއޯ މުފާވިޒު ހާޝިމު (މުފާ) ވަނީ ފޯމް ހުށަހަޅުއްވާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-