ހދ. ކުޅުދުއްފުށީ އެއާޕޯޓަށް ފުރަން ދިޔަ ދިވެހި އަންހެނެއްގެ އަތުން ވަޒަނެއް ފެނިގެން ހިފަހައްޓައިފިއެވެ.
މިއަދު ހަވީރު ފުރަންދިޔަ ދިވެހި އަންހެންމީހާ އަތުން ވަޒަނެއް ކަމަށް ޝައްކުކުރެވޭ އެއްޗެއް ފެނިގެން ހިފެހެއްޓިކަން ކުޅުދުއްފުށީ އެއާޕޯޓުގައި މަސައްކަތްކުރާ ފަރާތަކުން ވަނީ ނިއުސްލެބަށް ކަށަވަރުކޮށްދީފައެވެ.
ތަޙުޤީޤު ކުރުމަށް އަންހެންމީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް މަޢުލޫމާތު ލިބެއެވެ.
މިމައްސަލަ ފުލުހުންނާއި ދިވެހިރާއްޖޭގެ ދިފާޢީ ބާރާއި ގުޅިގެން ތަޙުޤީގު ކުރަމުންދާ ކަމަށް މަޢުލޫމާތު ލިބެއެވެ.