ހދ. ކުޅުދުއްފުށީ އެއާޕޯޓަށް ފުރަން ގޮސް ހުއްޓާ ދަބަސް ތެރެއިން ވަޒަން ފެނިގެން ހިފެހެއްޓި އަންހެން މީހާ ހައްޔަރު ކޮށްފައިނުވާ ކަަމަށް ފުލުހުންވިދާޅުވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ވަޒަން ފެނިފައި ވަނީ އިއްޔެ ހަވީރުގެ ފްލައިޓުން ފުރަން ދިޔަ އަންހެނެއްގެ އަތް ދަބަހުންނެވެ.
އަދި ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން މި މައްސަލަ ތަހުގީގު ކުރަމުންދާ ކަަމަށް ފުލުހުން ވިދާޅުވިއެވެ.