ރާއްޖެ އަށް އިރުވައި މޫސުން ފެށުމާ ގުޅިގެން ކުރަން ފަށާ ވިއްސާރައާއި އެކު މިއަދުގެ މެންދުރު 13:30 އާ ހަމައަށް މޫސުމާ ބެހޭ އިދާރާ އިން ހުދު އެލާޓެއްނެރެފި އެވެ.
މެޓް އޮފީހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މިއަދުގެ ހެނދުނު 7:30 އިން މެންދުރު 13:30 އާ ހަމައަށް މުޅި ރާއްޖެ އަށް ހުދު އެލާޓެއް ނެރެފައިވާ ވާނެއެވެ.
މުޅި ރާއްޖެ އަށް ވެސް މިއަދު ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން މައުލޫމާތު ލިބެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށްވައިގަދަވާނެ ކަމަށް މެޓުން ލަފާކުރެ އެވެ.