-Advertisement-

-Advertisement-

‎ދިވެހިން ގިނައިން ދިރިއުޅޭ ގައުމުތަކުގައި ފުލުހުންގެ ހިދުމަތް ލިބޭނެ ގޮތަށް ހަދަނީ

ފޮޓޯ: މޯލްޑިވްސް ޕޮލިސް ސާރވިސް

ދިވެހިން ގިނައިން ދިރިއުޅޭ ގައުމުތަކުގައި ދިވެހި ފުލުހުންގެ ހިދުމަތް ފޯރުކޮށްދެވޭނެ ގޮތުގެ ނިޒާމެއް މި ދައުރުގެ ތެރޭގައި ފެއްޓެވުމަށް މަސައްކަތް ކުރައްވާނެކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

ސީޕީ ޝުޖާއު މިހެން ވިދާޅުވީ ފުލުހުން ހިދުމަތްތައް ކުރިއަށް ރާވާފައި ހުރި ގޮތް ހިއްސާ ކުރުމަށް މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ.

މީގެ އިތުރުން ސީޕީ ޝުޖާއު ވިދާޅުވީ ފުލުހުންގެ ހިދުމަތް ބޭރު ދުނިޔޭގައި ތަމްސީލުކޮށް ދިވެހިން ގިނައިން އުޅޭ ގައުމުތަކުގައި ފުލުހުންގެ އެޓާޗީން ގާއިމުކުރުމުގެ މަސައްކަތް މި ދައުރުގެ ތެރޭގައި ފެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި ދޭދޭ ގައުމުތަކާއި އެކު ވެވޭ އެއްބަސްވުންތަކުގެ ދަށުން ދިވެހި ފުލުހުންރާއްޖެއިން ބޭރުގައި ހަރަކާތްތެރިވާންޖެހޭ ހާލަތްތަކުގައި ކަމާގުޅޭ ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ދިވެހި ރާއްޖެއިން ބޭރުގައި ހަރަކާތްތެރި ވެވިދާނެކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-