-Advertisement-

-Advertisement-

‎50 އަހަރުން މަތީގެ މީހުންނަށް މިއަދުން ފެށިގެން ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ

ފޮޓޯ: އެންސްޕާ

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައިވާ ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދަ ސްކީމްގެ ދަށުން އަހަރަކު ދެ ފަހަރުމެޑިކަލް ޗެކަޕް ހެދޭ ސިޔާތުގެ ދަށުން 50 އަހަރުން މަތީގެ މީހުންނަށް މިއަދުން ފެށިގެން ހިދުމަތް ދޭން ފަށާ، ރަޖިސްޓްރޭޝަނަށް ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމްގެ މަގްސަދަކީ ބޮޑެތި ބަލިތައް ކުރިއާލާ ދެނެގަނެ އެކަމަށް އެންމެ އެކަށީގެންވާ ފަރުވާ އަވަހަށް ލިބިދެވޭނެ މަގުފަހިކުރުމުގެ އިތުރުން ދިވެހިރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަން އިތުރުކޮށް ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމުގެ ސަގާފަތެއް އަށަގެންނެވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރެއްވުންކަމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވަނީ ވިދާޅުވެފައިއެވެ.

ހީނާ ވިދާޅުވީ، މެޑިކަލް ޗެކްއަޕް ނިޒާމުގެ ތެރެއިން ހުރިހާ ދިމާލަކުން މައުލޫމާތުތައް އެއްކުރާނެ ކަމަށެވެ. އަދި އޭގެ އަލީގައި ސިއްހީ ހިދުމަތްތައްފޯރުކޮށްދިނުމަށާއި ސިއްހީ ހިދުމަތަށް ކުރެވޭ ހަރަދު ތަކާއި ސަރުކާރު ބައެއް ކަހަލަ ސިޔާސަތުތައް ހަރުދަނާކޮށް ރައްޔިތުންނަށް ހިދުމަތްފޯރުކޮށްދިނުމުގައި ހަރުދަނާ އުސޫލުތަކާއި ހިދުމަތްތަކެއް ގާއިމް ކުރުމަށް މި މައުލޫމާތުގެ އަލީގައި މަސައްކަތްތަކެއް ކުރެވިގެން ދާނެ ކަމަށެވެ.

މީގެ އިތުރުން އާސަންދަ ކުންފުނީގެ ސީއީއޯ އާމިނަތު ޒީނިޔާ ވިދާޅުވީ، މި މެޑިކަލް ޗެކްއަޕް ހަދާފައި ވަނީ ފަންނީ ބޭފުޅުންގެ ލަފާއާއި އެކު، ގުޅުން ހުރި ފަންނީޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށާއި  މިއަދުން ފެށިގެން ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލުތަކުން މި ހިދުމަތަށް ރެޖިސްޓަރ ކުރެވޭނެ ކަމަށެވެ.

މި މެޑިކަލް ޗެކްއަޕް ފުރިހަމަ ވާނީ، އޭގައި އެކުލެވިގެންވާ ހުރިހާ ޓެސްޓުތައް ނިންމާ އޭގެ ނަތީޖާއެކު ޑޮކްޓަރަށް ދައްކާ ޑޮކްޓަރު މެޑިކަލް ފޯމް ފުރިހަމަކުރުމުންނެވެ. މިގޮތުން ފުރަތަމަ މެޑިކަލް ޗެކްއަޕް ހަދާތާ ހަ މަސް ފަހުން ދެވަނަ މެޑިކަލް ޗެކްއަޕަށް އެ މީހަކަށް އެދެވޭނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-