-Advertisement-

-Advertisement-

ހުޅުމާލެ ދެކުނު ދާއިރާއަށް ނަހުލާ ވާދަކުރައްވަނީ

ކުރީގެ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ އައިޝަތު ނަހްލާ ޖުމްހޫރީޕާޓީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރެއްވުމަށް ނިންމަވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން ނަހުލާ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާނެކަން އިޢުލާން ކުރެއްވީ ސޯޝަލްމީޑިއާ ޕްލެޓްފޯމް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.

2018 ގައި ޤާސިމް އިބްރާހިމް ހައްޔަރުކުރެއްވުމުން ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތް ނަހުލާ ވަނީ ކުރީ ސަރުކާރުގެ 5 އަހަރުގައި ޓްރާންސްޕޯޓް މިނިސްޓަރުކަން ކުރައްވާފައެވެ.

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރުކަންވެސް ކުރައްވަމުން ގެންދަވާ ނަހުލާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓްގައި ވަނީ ދާއިރާގެ ރައްޔިތުންގެ ތާއީދު އަދި ވޯޓަށް އެދިވަޑައިގެންފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-