މަޖިލިސް އިންތިޚާބު ބާއްވާނެ ތާރީޚު އެންމެ ލަސްވެގެން އާދިއްތަ ދުވަހު އިއުލާން ކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އެ ނިންމުން ނިންމާފައިވަނީ ހޯމަ ދުވަހު ބޭއްވި އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބާ ބެހޭ ޖަލްސާގައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގެ އެކި ދާއިރާތަކަށް، ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު، ޖެނުއަރީ 10 ވަނަ ދުވަހު، ޢާންމުކުރުމަށްވެސް ކޮމިޝަނުން ވަނީ މަޝްވަރާ ކޮށްފައެވެ.
މަޖިލިސް އިންތިޚާބު ރޯދަމަހަށްވުރެ ފަހުން ބާއްވައިފިނަމަ، ދަތިތައް އެބަހުރި ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ވިދާޅުވިއެވެ. އަދި މިހާރުއޮތްގޮތުން މަޖިލިސް އިންތިޚާބު ބާއްވާ ތާރީޚު ރޯދަމަހާއި ދިމާވާތީ ވެސް އެކަމުގެ ގޮންޖެހުންތައް ވެސް އެބަހުރި ކަމަށް ފުއާދު ވިދާޅުވިއެވެ.
އީސީގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވާ މީހަކަށްއަމިއްލަގޮތުން ވާދަ ކުރެވިދާނެ ކަމަށެވެ. އަދި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ މީހަކީ އެޕާޓީ އެއްގެމެންބަރަކަށްވާން ކޮންމެހެން ލާޒިމް ނޫން ކަމަށެވެ.