-Advertisement-

-Advertisement-

ރިހެބް ސެންޓަރުތައް ހިންގަން އަމިއްލަ ފަރާތްތަކާއި ހަވާލުކުރަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ: ނިއުސްލެބް

މަސްތުވާތަކެއްޗާއި ބެހޭ ރިހެބިލިޓޭޝަން ސެންޓަރުތައް ހިންގުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ އަމިއްލަ ފަރާތްތަކާއި ހަވާލުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.

31 ޑިސެމްބަރ ގައި ބޭއްވުނު ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވަނީ ރާއްޖޭގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންނާއި އިސްލާމީ ހަމަތަކަށް ފެތޭ ގޮތަށް ރިހެބިލިޓޭޝަން ސެންޓަރުތައް ހިންގުމަށް ކަމާ ގުޅުން ހުރި ފަރާތްތަކުގެ އެހީތެރިކަން ހޯދުމަށެވެ.

ރާއްޖޭގެ ތިން ސަރަޙައްދަކަށް އަމާޒުކޮށްގެ 3 ރަށެއްގައި ރިހެބިލިޓޭޝަން ސެންޓަރުތައް ގާއިމްކުރާނެއެވެ. މިގޮތުން ނ. ވެލިދޫއާއި ކ. ކާށިދޫ ގެ އިތުރުން ލ އަތޮޅުގެ ރަށެއްގައި މިފަދަ ސެންޓަރުތައް ޤާއިމް ކުރެވިގެންދާނެއެވެ.

ގައުމީ ސަލާމަށް ވެސް ހުރި ނުރައްކަލެއްގެ ގޮތުގައި މިސަރުކާރުން ބަލާ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ވަރަށް ޚާއްސަ އަހަމިއްޔަތުކަމެއް ދެއްވާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-