-Advertisement-

-Advertisement-

‎ފޮތެއްގެ ބަނޑޭރިގަނޑުގައި ފޮރުވާފައި ހުރި ޑްރަގް ފެނިއްޖެ

ޕޯސްޓް އޮފީހަށް މީހަކު ބަލާ ދިޔަ ފޮށިގަނޑެއްގެ ތެރޭގައި އޮތް ދެ ފޮތެއްގެ ބަނޑޭރިގަނޑުގައި ފޮރުވާފައިވާ (ކޮންސީލްކޮށްފައިވާ) މަސްތުވާތަކެތި ފެނިއްޖެއެވެ.

މި މައްސަލައާ ގުޅިގެން މާލެއަށް ނިސްބަތްވާ  އުމުރުން 20 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާއިރު އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސްޖަހާފައިވެއެވެ.

އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމާއި، ޓްރެފިކް ކުރުމާއި، މަސްތުވާތަކެތި ބޭނުން ކުރުން ހިމެނެއެވެ.

އޭނާ ބުނާގޮތުގައި އެއީ ރަހުމަތްތެރިއަކު ބުނެގެން ހަވާލުވާން ދިޔަ ފޮށިގަނޑެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-