-Advertisement-

-Advertisement-

‎ގޯތީގެ ރަޖިސްޓްރީ ހަވާލުކުރަން ފަށައިފި

ކުރީގެ ސަރުކާރުން، މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ހިންގިބިންވެރިޔާސްކީމުން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން، ރަޖިސްޓަރީ ހަވާލު ނުކުރެވިހުރި  ފަރާތްތަކަށް  ރަޖިސްޓްރީ އާއި ބިން ހަވާލު ކުރަން ފަށައިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ގޯތީގެ ރަޖިސްޓްރީއާ ހަވާލުވުމަށް ދާން ޖެހޭ ތަނާއި ހާޒިރުވާން ޖެހޭ ގަޑި ގޯތީގެ ވެރިފަރާތަށް އެސްއެމްއެސް އަކުން އަންގާނެ ކަމަށް ހައުސިންގމިނިސްޓްރީގެ ފަރާތުން އިއްޔެ ނެރުނު ނޫސް ބަޔާނުގައިވެއެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިވާ 9000 އަށް ވުރެ ގިނަ ގޯތީގެ ތެރޭގައި ހިމެނެނީ, ހުޅުމާލެއިން ދޫކުރާ 1351 ގޯއްޗާއި, ގުޅީފަޅުން ދޫކުރާ 2,219 ގޯތީގެ އިތުރުން ގިރާވަރުފަޅުން ދޫކުރާ 5,433 ގޯއްޗެވެ.

ގޯތީގެ ރަޖިސްޓްރީ ހަވާލުކުރަން މި ފެށީ، މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު އެ ރަޖިސްޓްރީތައް ދޫކުރަން ނުފަށައިގެން، ބަޔަކު އެންޓި ކޮރަޕްޝަންކޮމިޝަން (އޭސީސީ)އަށް މިދިޔަ އަންގާރަ ދުވަހު ވަދެ މުޒާހަރާކޮށްފައި ވަނިކޮށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-