-Advertisement-

-Advertisement-

މަގޫދޫ އެއާޕޯޓާއި އެންމެ 5 މޭލު ދުރުގައި އިތުރު އެއާޕޯޓެއް

ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް – ފޮޓޯ: ނިއުސްލެބް

ހުޅުވަން ތައްޔާރުވަމުންދާ ފ. މަގޫދޫ އެއާޕޯޓާއި އެންމެ 5 މޭލު ދުރުގައި އޮންނަ ފ. ނިލަންދޫގައި އިތުރު އެއާޕޯޓެއް ތަރައްޤީކުރާނެކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވުނު ނިލަންދޫ އެއާޕޯޓުގެ މަސައްކަތަށް ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފެށުމަށް ބޭއްވުނު ރަސްމިއްޔާތެއްގައި އެއާޕޯޓް އެޅުމަށް ބޭނުންވާ އީއައިއޭ ރިޕޯޓްތަކާއި ސާވޭތައް ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.

ރީޖަނަލް އެއާޕޯޓްސް ކުންފުންޏާއި ހަވާލުކޮށްފައިވާ ފ. މަގޫދޫ އެއާޕޯޓަކީ ނިލަންދޫއިން ފުރައިގެން އެންމެ 15 މިނެޓުން ދެވޭ ހިސާބުގައި އޮންނަ އެއާޕޯޓެކެވެ. މަގޫދޫ އެއާޕޯޓަކީ ކުރީ ސަރުކާރުން 230 މިލިއަން ރުފިޔާ ހަރަދުކޮށްގެން، އެމްޓީސީސީން ތަރައްގީކުރާ، ޖެޓް ތަކަށް ޚާއްސަ ޚިދުމަތްތައް ދެވޭނެ އެއާޕޯޓެކެވެ. މިގޮތުން ޖެޓް ޕާކް ކުރާނެ ސަރަޙައްދަކާއި ޖެޓްފިއުލް ފާމަކާއި ޖެޓް ކްރޫއިން ތިބުމަށް ހޮޓަލެއްވެސް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވެއެވެ.

ނިލަންދޫގައި ތަރައްޤީކުރާ އެއާޕޯޓަކީ ރައީސް ޔާމީންގެ ސަރުކާރުގައިވެސް ޕެލްން ކުރެވި، ކުރެހުންތައްވެސް ނިމިފައި އޮތް ޕްރޮޖެކްޓެކެވެ.

ކައިރި ކައިރީގައި އެއާޕޯޓް އެޅުމާއި ބެހޭ ގޮތުން ނޫސްވެރިއަކު ސުވާލުކޮށްލުމުން މިނިސްޓަރ ވިދާޅުވީ، އެއާޕޯޓްތައް ތަރައްޤީ ކުރަނީ ފަތުރުވެރިކަމަށް ބިނާކޮށް ކަމަށާއި އެއާޕޯޓް އަޅާ ތަންތަން ނިންމަނީ ހައުސިންގ މިނިސްޓްރީން ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-