-Advertisement-

-Advertisement-

މާލޭ އެންމެނަށް ގެދޮރު ދެއްވަން ރައީސް ވަޢުދުވެއްޖެ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ: ރައީސްއޮފީސް

ވެރިކަމުގެ 5 އަހަރުގެ ދައުރު ނިމުމުގެ ކުރިން މާލޭ ހުރިހާ ރައްޔިތުންނަށް ގެދޮރު ދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

މާލޭ ސިޓީ މޭޔަރުކަމަށް ވާދަކުރައްވާ ޕީއެންސީ ކެނޑިޑޭޓް އާޒިމާ ޝުކޫރުގެ މެނިފެސްޓޯ އިޢުލާން ކުރުމަށް ބޭއްވުނު ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ހައުސިންގ ޕްރޮޖެކްޓްތަކުގައި ހިމެނޭ 4 ބިން ކަމުގައިވާ ރަސްމާލެ އާއި ހުޅުމާލެ އާއި ގުޅީފަޅު އަދި ގިރާވަރު ސަރަޙައްދުން އެންމެންނަށް ގޯތިގެދޮރު ދެއްވާނެ ކަމަށެވެ. އަދި މި 4 ޕްރޮޖެކްޓް ނިމޭއިރު ގޯތި ގެދޮރުގެ މައްސަލަ ހައްލު ނުވާ އެންމެ މީހަކުވެސް މާލޭގައި ނުހުންނާނެ ކަމަށެވެ.

“މި ދައުރުގެ ފަސް އަހަރު ނިމޭއިރު މި ހަތަރު ބިމުން އުފެދޭ ޖާގައާއެކު އެލިބޭ ގޯއްޗާއި ފްލެޓް ލިބިގެން ދިޔައީމަ މި މާލެއަކު ނުހުންނާނެ ގެދޮރުގެ މައްސަލަ ހައްލު ނުވާ އެކަކު ވެސް.” ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެންމެ ދުވަހެއްވެސް ބޭކާރުނުކޮށް ބާރު ސްޕީޑުގައި މަސައްކަތް ކުރަމުންދަނީ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓްތައް އަވަހަށް ނިންމައި ގެދޮރުގެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަށެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫޢު ކަމުގައިވާ “ރަސްމާލެ” ޕްރޮޖެކްޓްގެ ފުށިދިއްގަރު ފަޅު މިހާރު ދަނީ ހިއްކަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-