-Advertisement-

-Advertisement-

‎ހަ މަސް ތެރޭ ވިލިމާލޭގެ ފައިބަރު މަސައްކަތަށް ތިލަފުށިން ބިން ދޫކުރަން ފަށާނެ: ރައީސް

ވިލިމާލޭގައި ފައިބަރު މަސައްކަތްތައް ކުރުން ހުއްޓާލަން ތިލަފުށިން ދޫކުރަން ނިންމާފައިވާ ބިންތައް ހަ މަސްތެރޭ ދޭން ފަށާނެ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރުގެ ކެމްޕެއިނަށް ވިލިމާލެއަށްވަޑައިގެން އެ އަވަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެވެ.

ފައިބަރު މަސައްކަތް ކުރާ މީހުންނަށް ތިލަފުށިން ބިމެއް ހޯދުމުގެ މަސައްކަތް ކުރައްވާފައިވާނެ ކަން ފާހަގަ ކުރައްވަމުން  ރައީސް ވިދާޅުވީ މިހާރު އެމަސައްކަތް ކުރުމަށް ތިލަފުށިން ސަރަހައްދެއް ކަނޑައެޅި، އެތަން ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން ރައީސް ވަނީ ވިލިމާލޭގައި ސީ އެމްބިއުލާންގެ ހިދުމަތް ފަށާފައިވާކަމާއި އެ އަވަށުގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތްކުރިއަށް ގެންދާކަން ފާހަގަ ކުރައްވާފަ އެވެ. އަދި ވިލިމާލޭގެ މަގު ހެދުމުގެ މަޝްރޫއު ވެސް އޮތް ކަމަށާއި އެކަމުގައި ބަލާނީ މަގުތަކުގައި އިންދާފައިވާ ގަސްތައްނުނަގައި ހެދޭނެ ގޮތެއް އޮތްތޯ ކަމަށާއި ގަހެއް ނަގަން ޖެހިއްޖެނަމަ އިތުރު ގަސް އިންދާނެ ކަމަށް ވެސް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-