މާލެ ބޮޑުތަކުރުފާނު މަގުގައި ހުރި މާލެ ޖަލު ބަންދުކޮށްފިއެވެ
ކަރެކްޝަންސް އިން ނެރިފައިވާ ނޫސްބަޔާނެއްގައި ވަނީ 17 ޖަނަވަރީ 2008 އިން ފެށިގެން މާލެ ބޮޑުތަކުރުފާނު މަގުގައި ހުންނަ ޖަލު، ސަރުކާރުގެޕޮލިސީތަކާ އެއްގޮތަށް މިއަދުން ފެށިގެން ބަންދުކޮށްފައިވާކަމަށާއި އެތަނުގައި ތިބި ގައިދީން އެހެން ޖަލުތަކަށް ބަދަލުކޮށްފައި ވާ ކަމަށެވެ.
މިޖަލު ބަންދު ކުރުމަށް ނިންމީ ދަރުމަވަންތަ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންނަށް އެތަނުގައޖަލެއް ހުރުމުގެ ސަބަބުން ނުރަނގަޅު އަސަރުކުރަމުންއަންނާތީ ކަމާބެހޭ ފަރާތް ތަކާއި މަޝްވަރާ ކުރުމަށްފަހުގައި އެވެ.
ކަރެކްޝަންސް އިން ބުނީ މިއަދުން ފެށިގެން ޖަލު ބަންދުކޮށްފައި ވީނަމަވެސް، އާއްމުންނަށް ފޯރުކޮށްދެމުން އައި ހިދުމަތްތައް 12 ޖަނަވަރީ 2024 ގެނިޔަލަށް އެ އިމާރާތުގެ ކައުންޓަރުން ލިބޭނެ ކަމަށެވެ.