ސަރުކާރުގެ އެކި މުއައްސަސާތަކުގެ ވެބްސައިޓްތައް މިރޭގެ ވަގުތެއްގައި ޑައުންވެއްޖެއެވެ.
ރައީސް އޮފީހުގެ ވެބްސައިޓުގެ އިތުރުން ޚާރިޖީ ވުޒާރާއާއި ފަތުރުވެރިކަމުގެ ވުޒާރާގެ ވެބްސައިޓް ޑައުންވެފައިވާއިރު މިކަމުގެ ސަބަބެއް އަދި އެނގިފައެއްނުވެއެވެ.
ސޯޝަލްމީޑީއާގައި ސައިބަރ އެޓޭކެއްގެ ތުހުމަތު ބައެއްފަރާތަތަކުން ކުރަމުންދާނީ، ސަރުކާރުގެ އޮފިޝަލެއްގެ ބަސް ލިބޭތޯ ނިއުސްލެބުން މަސައްކަތް ކުރި ނަމަވެސް އަދި އެއްވެސް ބަހެއް ލިބޭ ގޮތެއް ވަނީ ނުވެފައެވެ.