ޑްރޯން ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހަައްދާއި ކައިރިން ދަތުުރުކުރި އެއްވެސް އުޅަނދަކަށް ހަމަލާދިންންކަމަށް ފެތުރިފައިވާ ޚަބަރު ރާއްޖޭގެ ޑިފާޢީ ބާރުނަ ދޮގު ކޮށްފިއެވެ.
އެމްއެންޑީއެފް އިން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ އިތުރަށް ބެލިބެލުމުން އެނގުނުގޮތުގައި ފެތުރެމުންދާ ބަައެއް މަޢުލޫމާތާއި ފޮޓޯއަކީ މިީގެ ކުރިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުން، ހިނގާފައިވާ ހާދިސާތަކާބެހޭ މަޢުލޫމާތާއި ފޮޓޯ ތަކެކެވެ.
އަދި މިފަދަ ކަމެއް ހިނގިކަމުގެ އެއްވެސް ނިޝާނެއް ނުވަތަ އެކަމުގެ މަޢުލޫމާތެއްވެސް ސަރަޙައްދީ އިދާރާތަކަށް ލިބިފައި ނުވާކަމަށާއި މިފަދަ ޙާދިސާއެއް ހިނގިކަމަށް ފަތުރަމުންދާ ޚަބަރަކީ ޞައްޙަ މައުލޫމާތެއް ނޫންކަމަށް ދިވެހިރާއްޖޭގެ ދިފާޢީ ބާރުން ބުނެއެވެ.