-Advertisement-

-Advertisement-

‎ހަސީނާއަށް ބަންގްލާދޭޝްގެ ވެރިކަން ފަސް ވަނަ ފަހަރަށް ކަށަވަރު،

ޝެއިކް ހަސީނާ. ފޮޓޯ: ދަ ޕެރިއޮޓް

ހަސީނާ ބަންގްލާދޭޝްގެ ބޮޑުވަޒީރުކަން ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ލިބި ފަސް ވަނަ ދައުރެއް މިއަދު އެ ގައުމުގައި އޮންނަ އާންމު އިންތިހާބުގައިލިބޭނެ އެވެ.

ހަސީނާއަށް އިންތިހާބު ކަށަވަރުވެފައިވަނީ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާ ލީޑަރުކަން ކުރައްވާ އިދިކޮޅު މައި ޕާޓީ، ބަންގްލާދޭޝް ނެޝަނަލް ޕާޓީ (ބީއެންޕީ) އިން އިންތިހާބު ބޮއިކޮޓްކޮށްފައި ވާތީ އެވެ.

އެ ޕާރޓީ އިން އިންތިހާބް ބޮއިކޮޓްކޮށްފައިވަނީ އިންތިހާބު ބޭއްވުމުގެ ކަންކަން، ހަސީނާ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވުމަށް ފަހު ވަގުތީ ސަރުކާރެއްގެބެލުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ކުރި ޑިމާންޑަށް އެއްބަސް ނުވުމުންނެވެ.

ވޯޓު ލުމުގެ ހައްގު ލިބޭ މީހުންގެ އަދަދު 120 މިލިއަނާ ކައިރި ކުރާއިރު އޭގެ ތެރެއިން ގާތްގަނޑަކަށް ދެ ބައިކުޅަ އެއް ބަޔަކީ އަންހެނުންނެވެ. މުޅިން އަލަށްވޯޓު ލެވޭ 15 މިލިއަނެއްހާ މީހުން އެބަ ތިއްބެވެ.

ސަރުކާރުގެ ފަރާތުން މައުލޫމާތު ދޭ ގޮތުގައި އިންތިހާބު ކުރިއަށްދާއިރު ސިފައިންނާއި ފުލުހުންގެ 800،000 މީހުން، ވޯޓުލާ މަރުކަޒުތައްބަލަހައްޓަމުންދާނެއެވެ. މީގެ އިތުރުން އިންތިހާބު ކުރިއަށްދާ ގޮތް ބޭރުގެ 127 އޮބްޒާވަރަކު ބަލާނެ ކަމަށާއި ބޭރުގެ 59 ނޫސްވެރިޔަކަށް ވެސްއިންތިހާބު ކަވަރުކުރުމުގެ ފުރުސަތު ދީފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-