ދެވަނަ ޓާމްގެ ކިޔެވުން މިއަދު ފެށީ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް އެސެމްބްލީގައި ގައުމީ ސަލާމާ އެކު އެވެ. ކޮންމެ ދުވަހަކު ވެސް ދެން ގައުމީ ސަލާމްކިޔާނެ އެވެ.
މި ނިންމެވުމަކީ ގައުމިއްޔަތު ދިރުވުމުގެ ގޮތުން ރައީސް ޑރ. މުހަންމަދު މުއިއްޒު ނިންމެވި ނިންމެވުމެކެވެ.
ރައީސް ވިދާޅުވީ މި ނިންމެވުން ނިންމެވީ ގައުމުދެކެ ލޯބިވާ ކުދި ބަޔަކަށް ދަރިވަރުން ހެދުމަށާއި ގައުމީ ސަލާމާއި ގައުމީ ދިދަ ދެކެ ލޯބިވާ ބަޔަކަށް ތުއްތު ކުދިން ހެދުމަށެވެ.