އެމްޑީޕީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ) ސަރުކާރު ހިންގާ ޕާޓީޕީއެންސީ އާ ގުޅިވަޑައިގެންފި އެވެ.
ހަސަންޓޭ ވަނީ ޕީއެންސީ އާ ގުޅިވަޑައިގަތް ފޯމް ރައީސް ޑރ. މުހައްމަދު މުއިއްޒު އާ ހަވާލު ކުރައްވާ ފޮޓޯއެއް “އެކްސް“ގައި ޝެއާ ކުރައްވައިފަ އެވެ. އަދި ވިދާޅުވީމިއަދުން ފެށިގެން ރައީސް މުއިއްޒަށް ތާއީދު ކުރަން ނިންމާފައިވާ ކަމަށެވެ.
ހަސަންޓޭގެ އިތުރުން ވެސް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ގިނަ މެމްބަރުންތަކެއް މި ފަހުން ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފަ އެވެ.
އެމްޑީޕީން ޕީއެންސީއާ ގުޅިވަޑައިގަތް 13 މެމްބަރުންނާ އެކު އެއީ މަޖިލީހުގައި މިހާރު މައިނޯރިޓީ ޕާޓީ އެވެ.