-Advertisement-

-Advertisement-

ރެސިޕީ: ކަށިކެޔޮ ފަނި

ކަށިކޭލަކީ ދިވެހިންގެ ބަދިގޭގައި ވަރަށް ގިނަ ގޮތްގޮތަށް ބޭނުން ކުރާ މޭވާއެކެވެ. އެގޮތުން ކަށިކެޔޮ ފަންޔަކީ ކުރީ ޒަމާނުއްސުރެ ދިވެހިންގެ މެދުގައި މަޤުބޫލުކަމެއް އޮންނަ ބުއިމެކެވެ.

ބޭނުންވާ ތަކެތި:
8 ވައް ކަށިކެޔޮ
20 ޖޯޑު ފެން
1 ކިލޯ ހަކުރު
ރާނބާފަތް ކޮޅެއް
މި ރެސިޕީއިން ތައްޔާރު ކޮށްލެވޭނީ: 16 ތަށި ފަނި
ހަދާނެ ގޮތް
ކަށިކޭލުގެ ކުރަ މެށުމަށްފަހު، ތުނިކޮށް ދިގުކޮށް ލިޔާށެވެ. އެއަށްފަހު ފެނުގައި، ހަކުރާއި، ކަށިކެޔޮކޮޅު އެއްކުރުމަށްފަހު އުނދުން މައްޗަށް އުދާށެވެ. 20 ވަރަކަށް މިނަޓު ކެޔޮކޮޅު ކެއްކުމަށްފަހު ރާނބާފަތް އަޅާށެވެ. އަދި އިތުރު 15 މިނަޓު ކެއްކުމަށްފަހު އުނދުން މަތިން ބާލާއި ކަށިކެޔޮކޮޅުތައް ޗިސްކޮށްލާށެވެ. އެއަށްފަހު، ކަށިކެޔޮފަނި ފުރާނާލާފައި، ހިހޫވުމުން އަލަމާރީގައި ފިނި ކުރަން ބަހައްޓާށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-