-Advertisement-

-Advertisement-

‎އެމްއެމްޕީއާރުސީގެ އެމްޑީ ފާތުމަތު ތައުފީގުގެ އެކްސް އެކައުންޓު ޑިއެކްޓިވޭޓު ކޮށްފި

ފޮޓޯ: މާލެ ސިޓީ ކައުންސިލް

ސަރުކާރިގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމާތްކުރި މައްސަލާގައި އެ ގައުމާއެކު ގުޅުން ގޯސްވެފައިވާމިދަނޑިވަޅުގައި، އިންޑިއާއާ ދެކޮޅު ޕޯސްޓެއް ފެންމަތިވެ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މެނޭޖިންޑިރެކްޓަރު ފާތިމަތު ތައުފީގުގެ އެކްސް އެކައުންޓު ޑިއެކްޓިވޭޓު ކޮށްފި އެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމުގެ އެންމެ އިސް މެންޑޭޓު މަތިކޮށްފައިވާ އެމްއެމްޕީއާރުސީގެ އެމްޑީ، މީގެ ކުރިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްސޯޝަލް މީޑިއާގައި ދައުރުވާން ފެށީ މިއަދު އެވެ.

ސެޕްޓެމްބަރު 23، 2023 ގައި ކޮށްފައިވާ އެ ޕޯސްޓުގެ ސްކްރީން ޝޮޓުތަކެއް މިހާރުވެސް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު އެކައުންޓު ޑިއެކްޓިވޭޓު ކުރުމުގެ ކުރިން ފާތުމަތު ވަނީ އެއީ ފޭކު ޕޯސްޓެއް ކަމަށް ވިދާޅުވެ އިތުރު ޕޯސްޓެއްވެސް ކުރައްވާފަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-