-Advertisement-

-Advertisement-

ދަނބިދޫ ސްކޫލްގެ ބެލެނިވެރިން ސްކޫލް ބަންދުކޮށް އިހުތިޖާޖް ކުރަނީ

ފޮޓޯ: ވަގުތު އެމްވީ

ލ. ދަނބިދޫ ސްކޫލްގެ ބެލެނިވެރިން ސްކޫލް ބަންދުކޮށް މިއަދު އިހްތިޖާޖް ކުރަން ފަށައިފިއެވެ.

ދަނބިދޫ ކައުންސިލްގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި ބެލެނިވެރިން އިހްތިޖާޖް ކުރަނީ ސްކޫލްގައި ޓީޗަރުން މަދުވެގެން ވެގެންނެވެ.

ކައުންސިލްގެ ފަރާތުން ވިދާޅުވީ އެރަށު ސްކޫލްގައި އުޅޭ ދެ ޓީޗަރަކު ކިޔަވައިދޭން ނުނިކުންނަތާ މިހާރު ދެތިން އަހަރު ވެދާނެ ކަމަށާއި ސްކޫލްގައި ހުރިހާމާއްދާއެއް ކިޔަވައިދެނީ އެއް ޓީޗަރެއް ކަމަށެވެ. މިކަމާ ގުޅިގެން ބެލެނިވެރިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް ސްކޫލް ބަންދުކޮށްފައި އެވެ.

ސްކޫލް ޕްރިންސިޕަލް އާ ދޭތެރޭ ހިތްހަމަނުޖެހިގެން ބެލެނެވެރިން ވަނީ ޕްރިންސިޕަލް އިސްތިއުފާއަށް ވެސް ގޮވައިފައެވެ. ބެލެނެވެރިން ބުނަމުންދަނީއެޑިއުކޭޝަން ސިސްޓަމް ފެއިލްވެފައިވާ ކަމަށާއި ދަރިވަރުންގެ ކިޔެވުން ދުވަހެއް ދުވަހަކަށް ދަށްވަމުންދާ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-