-Advertisement-

-Advertisement-

‎ކުރުސީ އެކައުންޓް އޮޕަރޭޓެއް ނުކުރަން: ނަޝީދު

ރައީސް ނަޝީދު. ފޮޓޯ: މުހައްމަދު ޝާބިން / ނިއުސްލެބް

ސޯޝަލް މީޑިއާގެ މަޝްހޫރު ޕްލެޓްފޯމްއެކްސްގައި ހަސަން ކުރުސީގެ ނަމުގައި ހިންގަމުންދާ އެކައުންޓު އޮޕަރޭޓް ކުރައްވަމުން ނުގެންދަވާ ކަމަށާއި އެއެކައުންޓްގެ ކޮންޓްރޯލް ވެސް ނޯންނާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިއަދުއެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ކުރުސީ އެކައުންޓަކީ އޭނާ އޮޕަރޭޓް، އަދި ކޮންޓްރޯލް ކުރައްވަމުން ގެންދަވާއެކައުންޓެއް ނޫން ކަމަށާއި އަދި އެކައުންޓާ އެހެން އެއްވެސް ގޮތަކުން ވެސް ގުޅިފައި ނޯންނާނެ ކަމަށެވެ.

އަދި އެއީ ދަރިކަނބަލުން މީރާ ލައިލާ ނަޝީދު ގެންގުޅުއްވާ އެކައުންޓެއް ވެސް ނޫން ކަމަށް ނަޝީދު ވަނީ މި ޕޯސްޓުގައި ވިދާޅުވެފައިއެވެ. ކުރުސީއެކައުންޓުން އިންޑިއާއާ ދެކޮޅަށް ފާޅުކުރަމުން އަންނަ ހިޔާލުތަކަކީ އެމަނިކުފާނު ގަބޫލު ކުރައްވާ ކަންކަން ނޫން ކަމުގައި ނަޝީދު ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-