ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާ އަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެކި ދާއިރާތަކުން 20 އެމްއޯޔޫއެއްގައި ރާއްޖެ އާއި ޗައިނާއާއި ދެމެދު ސޮއިކޮށްފިއެވެ.
ރައީސް ޑރ. މުއިއްޒާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ބައިވެރިވެލެއްވި ރަސްމިއްޔާތުގައި ސޮއި ކުރެވުނު ބައެއް އެއްބަސްވުންތަކުގެ ތެރޭގައި؛
- ޑިޒާސްޓާ ރިސްކް ރިޑަކްޝަންގެ ދާއިރާގައި އެއްބާރުލުން ދިނުމާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އާއި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ މިނިސްޓްރީ އޮފް އިމަޖެންސީ މެނޭޖްމަންޓާ ދެމެދު ވެފައިވާ އެއްބަސްވުން.
- ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސް އާއި ރާއްޖޭގެ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއާ ދެމެދު ބްލޫ އިކޮނޮމީގެ އެއްބާރުލުން އިތުރުކުރުމާބެހޭ އެއްބަސްވުން.
- ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއާއި ޗައިނާގެ ކޮމާސް މިނިސްޓްރީއާ ދެމެދު ޑިޖިޓަލް އިޤްތިޞާދުގައި އިންވެސްޓް ކުރުމުގައި އެއްބާރުލުން އިތުރުކުރުމުގެ އެއްބަސްވުން.
- ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ކޮމާސް މިނިސްޓްރީ އާއި ދިވެހިރާއްޖޭގެ އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓްރީއާ ދެމެދު ގްރީން ޑިވެލޮޕްމަންޓްގައި އިންވެސްޓްމަންޓްތަކަށް އެއްބާރުލުން އިތުރުކުރުމާބެހޭ އެއްބަސްވުން.
- ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ނޭޝަނަލް ޑިވެލޮޕްމަންޓް އެންޑް ރިފޯމް ކޮމިޝަނާއި ރާއްޖޭގެ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އާއި ދެމެދު ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ކޯޕަރޭޝަން ޕްލޭން އެކުލަވާލުން އަވަސްކުރުމާ ބެހޭ އެއްބަސްވުން.
- ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ނޭޝަނަލް ޑޭޓާ އެޑްމިނިސްޓްރޭޝަނާއި ރާއްޖޭގެ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއާ ދެމެދު ޑިޖިޓަލް އިގްތިސާދުގެ އެއްބާރުލުން ހަރުދަނާކުރުމާ ބެހޭ އެއްބަސްވުން.
- ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އާއި ރާއްޖޭގެ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އޮފް މޯލްޑިވްސްއާ ދެމެދު ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ދާއިރާއިން އެއްބަރުލުން އިތުރުކުރުމުގެ އެއްބަސްވުން.
މީގެއިތުރުންވެސް މުހިއްމު އެއްބަސްވުންތަކެއްގައި މިރަސްމިއްޔާތުގައި ވަނީ ސޮއި ކޮށްފައެވެ.
ރާއްޖެ އާއި ޗައިނާ އިން 20 އެމްއޯޔޫއެއްގައި ސޮއިކުރީ ދެ ގައުމުގެ މެދުގައި ރަސްމީ ވާހަކަތައް ބޭއްވުމަށް ފަހުއެވެ. ޗައިނާއާއި އެކު ރާއްޖެއިން މިދަތުރުގައި އިތުރު އެއްބަސްވުންތަކެއްގައި ސޮއިކުރާނެކަމަށް ބެލެވެއެވެ.