ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ އިން ހުދު ސަމާލު މިއަދު ނެރެފިއެވެ.
ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރިފައިވާއިރު، މި ސަމާލު ނެރެފައި ވަނީ މިއަދު ފަތިހު 5:15 އިން ފެށިގެން މިއަދު 11:00 އާ ހަމައަށެވެ.
މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު، ގުގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓްއޮފީހުން ވަނީ ލަފާކޮށްފައެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭ ކަމަށް މެޓު އޮފީހުގެ ފަރާތުން މައުލޫމާތުލިބެއެވެ.