-Advertisement-

-Advertisement-

‎މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މި މަހު 30 ގައި ހުޅުވާލަނީ

ރައްޔިތުގެ މަޖިލީހުގެ 2023 ވަނަ އަހަރު ތިންވަނަ ދައުރުގެ 2 ވަނަ ޖަލްސާގެ ތެރެއިން – ފޮޓޯ: ރައްޔިތުންގެ މަޖިލީސް

މާރޗް މަހުގެ 20 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރަށްވަން ބޭނުންވާ ފަރާތްތަކުން ފޯމް ހުށަހެޅުމުގެފުރުސަތު މި މަހުގެ 30 ގައި ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ވިދާޅުވެއްޖެއެވެ.

ހަބީބްއެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މާޗް 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި ވާދަކުރަން ބޭނުންވާކެންޑިޑޭޓުންނަށް ފުރުސަތު ހުޅުވާލަން ތާވަލްކޮށްފައި ވަނީ މި މަހުގެ 30 އިން ފެށިގެން އަންނަ މަހުގެ 14 ގެ ނިޔަލަށް ކަމަށެވެ.

އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ފުރިހަމަވާންޖެހޭ ޝަރުުތުތަކަށް ބަލާލާއިރު ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނިއަދާކުރަމުން ނުދާ މީހަކަށް އިންތިހާބުގައި ވާދައެއް ނުކުރެވޭނެއެވެ.

އަދި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކަށް ވެސް ވާދަ ނުކުރެވޭނެއެވެ.

އަދި ހަމައެއާއެކު ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ހުކުމެއް ތަންފީޒުކޮށްނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިން އަހަރު ވާންޖެހޭނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-