މޭޝް ޕޮޓޭޓޯ ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި:
- 1 ކިލޯ އަލުވި
- 2 ސަމްސާ ލޮނު
- 1 ކިއުބް ބަޓަރު
- 1 ސަމްސާ މުގުރި އަސޭމިރުސް
- 1 ޖޯޑު ކިރު ( ފުލްކްރީމް )
- 3 ފޮތި ޗީޒް
ތައްޔާރު ކުރާނޭ ގޮތް:
އެންމެ ފުރަތަމަ އަލުވި މަށާލުމަށްފަހު ކޮށާލާށެވެ. އަދި އަލުވި މަޑު ކުރަން އުންދުން މައްޗަށް އުދުމަށްފަހު 1 ސަމްސާ ލޮނު އަޅާލާށެވެ.
އަލުވި ޗަސްވާވަރަށް މަޑު ވުމުން ނަގައި އަލުވި ޗަސް ކުރާ އެއްޗަކުން ޗަސްކޮށްލުމަށްފަހު ބައްޓާށެވެ.
ދެން އެހެން ތެއްޔަކަށް ބަޓަރު ކިއުބް ލުމަށްފަހު މަޑު ގިނީގައި ވިރުވާލާށެވެ. ވިރުމުން، ކިރު ، ލޮނު އަދި އަސޭމިރުސް އަޅައިގެން ކިރު ކައްކާލާށެވެ. ކިރުކެކެން ފެށުމުން ޗީޒް ފޮތި ލާފައި ހާކާލާށެވެ. އެއަށްފަހު ޖަސްކޮށްލާފައި ހުރި އަލުވި ކޮޅު އަޅާލުމުން މިހުރީ މޭޝް ޕޮޓޭޓޯ ތައްްޔާރު ކުރެވިފައިއެވެ.
މިއީ ބަތުގެ ބަދަލުގައި ކާލަން ވަރަށް މީރު ކެއުމެކެވެ. ޗިކަން އަދި ބީފް ސްޓޭކާއި އެކު ކާލަން މިވަރެެއް ނޯންނާނެއެވެ.